Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ނަރުހުން މާސްޓާސް ފެންވަރަށް ތަމްރީނު ކުރަނީ

އޭއީއެޗްގެ ނަރުހުންތަކެއް.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 8 ހޮސްޕިޓަލެއްގެ ނަރުހުން މާސްޓާސް ފެންވަރަށް ތަމްރީނުކުރަން ސަރުކާރުގެ ސްކޮލަޝިޕަށް މިއަދު ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕްގެ 15 ފުރުސަތުގައި ސާކްގެ ގައުމެއްގައި ނޫނީ މެލޭޝިޔާ ނުވަތަ ފިލިޕީންސްގައި ކިޔެވޭނެ ކަމަށެވެ. އެހެންވެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ސްކޮލަޝިޕްތަކުގައި ކިޔެވުމަށް ޖާގަ ހޯދުމަށް ހަ މަސް ދުވަސް ލިބޭނެ އެވެ. އެގޮތުން ހުރިހާ ހަރަދެއް ސަރުކާރުން ދޭ ގޮތަށް ނަރުހުން މާސްޓާސް ފެންވަރަށް ނަރުހުން ތަމްރީނުކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކަކީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް (އޭއީއެޗް) އެވެ.

އެގޮތުން ސްކޮލަޝިޕްތަލުގައި ކިޔެވުމަށް ފަހު އެ ހޮސްޕިޓަލްތަކަށް ހިދުމަތް ކުރަން މަޖުބޫރުވާނެ އެވެ. އެވެ. މިނިސްޓްރީން ބުނި ގޮތުގައި ނާސިން ސްކޮލަޝިޕްގައި ސްޕެޝަލައިޒޭޝަންގެ 27 ދާއިރާއަކުން ކިޔެވޭނެ އެވެ. ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މެޓާނަލް ޗައިލްޑް ހެލްތާއި ޓްރޯމާ އެންޑް އިމަޖެންސީ ކެއާ އާއި މެންޓަލް ހެލްތާއި އޮންކޮލޮޖީ އަދި ކާޑިއޮލޮޖީ ހިމެނެ އެވެ.

ސްކޮލަޝިޕްތަކުން ޖާގަ ހޯދުމުގައި މޯލްޑިވްސް ނާސިން ކައުންސިލް އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ މަރުކަޒަކާއި ކޯހެއްކަން ކަށަވަރުކުރަން ޖެހެ އެވެ. އަދި އިހުތިޔާރުކުރާ ކޯހަކީ، އިނގިރޭސޫ މީޑިއަމަށް އިން ކިޔަވައިދޭ، ފުލްޓައިމް ކޯހަކަށް ވާންޖެހެ އެވެ.

މީގެ އިތުރުން ކޯހުގެ މުއްދަތުގައި މަރުކަޒަށް ހާޒިރުވެގެން ފުރިހަމަކުރަން ޖެހޭ ކޯހަކަށްވުމާއި ސުޕަވައިޒްޑް ޕްރެކްޓިކަލް ބައެއް ހިމެނުމުގެ އިތުރުން ކިޔަވައިދޭ މަރުކަޒުން އިންތިޒާމްކޮށް ހަމަޖައްސައި ދޭ ކޯހަކަށް ވެސް ވާން ޖެހެ އެވެ.