Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ޗެލެންޖް ކަޕްގެ އައްޑޫ އެންމެ އިސް މީހަކަށް މަރާ

އަންނަ ހޯމަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕްގައި، އެފްއޭއެމްގެ ފަރާތުން އައްޑޫގައި ހުންނަ އެންމެ އިސް މަންދޫބަކަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ހަމަޖައްސައިފި އެވެ.

އެފްއޭއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި ކުރިއަށް ގެންދާ މުބާރާތާ ގުޅުން ހުރި އެންމެހައި ކަންތައްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާނީ މަރުޒޫގް ކަމަށެވެ.

ސ. ފޭދޫއަށް އުފަން އަހްމަދު މަރްޒޫގްއަކީ އައްޑުގައި އުފެދުނު މަޝްހޫރު ކުޅުންތެރިއާ މަރްހޫމް ހުސެއިން ދީދީ (ޖޯޖް) ގެ ބޭފުޅެކެވެ. އެފްއޭއެފްގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވީ ޗެލެންޖް ކަޕްގެ އިންތިޒާމުތައް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް މަރުޒޫގުގެ ތަޖުރިބާ ވަރަށް މުހިއްމު ކަމަށާއި އޭނާ އަކީ ހިންގުންތެރި، ހަރުދަނާ ބޭފުޅެއް ކަމަށް އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ދެކެވަޑައިގަންނަވާ ކަމަށެވެ.