Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އޭޑީކޭގެ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމައިފި

އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމައިފި އެވެ.

އޭޑީކޭ އިން ނެރުނު ބަޔާނެއްގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓު މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޮޑުވެފައިވާ ކަމަށެވެ.

އެގޮތުން އޭޑީކޭ ހޮސްޕިޓަލުގެ ހިންގުމުގެ ހަރަދުތައް ވެސް އެތައް ގުނައަކުން ބޮޑުވެެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކުގެ އަގުތައް މި މަހުގެ 15 އިން ފެށިގެން ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭޑީކޭ އިން ވަނީ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެންނާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް ބުނެފަ އެވެ.