Last Updated: June 6, 14:55
Saturday, June 6, 2026
ކުޅިވަރު

އަފްޢާން ޓީމުން ޕްރެކްޓިސް ފަށައިފި

އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގައި ވާދަކުރާ އަފްޢާނިސްތާނުގެ ގައުމި ފުޓްބޯޅަ ޓީމް ރޭ ދަންވަރު އައްޑޫއަށް އައިސް މިއަދު ހެނދުނު މީދޫ ސްޓޭޑިއަމްގައި ޕްރެކްޓިސް ފަށައިފިއެވެ.

ކުރިން ތާވަލް ވެފައިވާ ގޮތުން މާދަމާ ޕްރެކްޓިސް ފެށުމަށް އޮތް ނަމަވެސް އަފްޢާން ޓީމްގެ އެދުމުގެ މަތިން ޕްރެކްޓިސް ކުރެވޭނެ އިންތިޒާމް ވަނީ އެޓީމަށް ހަމަޖައްސާދީފައެވެ.

އަފްއާން ކެޕްޓަން އަދި ޑިފެންޑަރ އިސްލާމް އަމިރީ ބުނީ ޓީމްގައި ގިނައިން ތިބީ ޒުވާން ކުޅުންތެރިން ކަމަށާއި އުއްމީދަކީ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދިއުން ކަމަށެވެ.
mst

މީދޫ ސްޓޭޑިއަމްގައި ޕްރެކްޓިސް ފަށާފައިވާއިރު ޕްރެކްޓިސް ކުރާތަން ބެލުމަށް މީދޫގެ ގިނަ ބަޔަކު ވަނީ ސްޓޭޑިއަމް ސަރަހައްދަށް ގޮސްފައެވެ.

ގްރޫޮް ބީގެ ޓީމްތައް ޕްރެކްޓިސް ކުރުމަށް މީދޫ ސްޓޭޑިއަމްއަށް ދަތުރު ހަމަޖައްސާފައިވަނީ އެމްއެންޑީއެފްގެ ފަރާތުން ގެނެސްފައިވާ ބަހެއްގައެެވެ.