އުރީދޫން އިންތިޒާމު ކޮށްގެން ބާއްވާ ފަން ރަންގައި ބައިވެރިވާން ބޭނުންވެ، ރެޖިސްޓާ ނުކުރެވުނު ފަރާތްތަކަށް އުރީދޫން އިތުރު ފުރުސަތެއް ދީފި އެވެ.
މި ފުރުސަތުގެ ދަށުން މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކޮންމެ ދުވަހަކު ފަންރަން ކިޓެއް ގިވްއަވޭގެ ގޮތުގައި ދިނުމަށް އުރީދޫން ވަނީ ނިންމާފަ އެވެ.
މި ފުރުސަތުގެ ދަށުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެހޭނީ އުރީދޫ މޯލްޑިވްސްގެ ޓްވީޓް ލައިކްކޮށް، ޝެއާ ކުރުމަށްފަހު ރައްޓެއްސެއް ޓެގް ކުރާށެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ.
އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާ އެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާރކުގަ އެވެ.