Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ޕީޕީއެމަށް ވެރިކަން ލިބިއްޖެ ނަމަ ސަލަމާތެއް ނެތް

ރާއްޖެ އަށް ޕީޕީއެމްގެ ބާރު އޮތް ވެރިކަމެއް އަތުވެއްޖެ ނަމަ ދެން ދުވަހަކު ވެސް ސަލާމަތް ނުވާނެކަން އެމްޑީޕީގެ މެމްބަރުންނަށް ސާފު ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިޝާރާތްކުރައްވައި އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ މެމްބަރުން އެދެނީ އެ ޕާޓީގެ ވެރިކަމެއް ދެން ވެސް އޮންނަން ކަމަށެވެ.

"އެމްޑީޕީ އިސްވެ އޮވެ އުފައްދާ ވެރިކަމަކަށް ވިޔަސް އަނިޔާވެރި ބައެއްގެ އަތްމައްޗަށް ގައުމި ދީލާލަން ބޭނުމެއް ނުވޭ." ނިހާދު ވިދާޅުވި އެވެ.

އޭނަ އަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ކާމިޔާބު ވެސް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ބޭފުޅެވެ. އަދި ނިހާދަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އޭގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ މެމްބަރެކެވެ.