Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އީލޮން އަކީ އެންމެ މުއްސަނދި މީހާއެއް ނޫން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ދަމަހައްޓަމުން އަންނަތާ ދުވަސްތަކެއް ފަހުން ޓްވިޓާގެ މިހާރުގެ ވެރިޔާ އީލޮން މަސްކަށް އެ މަގާމު ގެއްލިއްޖެ އެވެ.

އިއްޔެ އެ މަގާމު ރަސްމީކޮށް އީލޮން އަށް ގެއްލުމުގެ ކުރިން މި ހަފުތާގެ ކުރީކޮޅު ވެސް ހިނދުކޮޅަށް އީލޮން އެންމެ މުއްސަނދި މީހާގެ މަގާމުން ސޮއްސައިލި އެވެ.

ފޯބްސް އާއި ބްލޫމްބާގް އިން ބުނީ ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިޔާ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ގެއްލުނީ ޓެސްލާގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ވެއްޓި، އާމްދަނީ ވެސް މި އަހަރު ދަށްވުމާ ގުޅިގެން ކަމަށެވެ. އިއްޔެ އެ މަގާމު ރަސްމީކޮށް އީލޮން އަށް ގެއްލުމުގެ ކުރިން މި ހަފުތާގެ ކުރީކޮޅު ވެސް ހިނދުކޮޅަށް އީލޮން އެންމެ މުއްސަނދި މީހާގެ މަގާމުން ސޮއްސައިލި އެވެ.

ޓެސްލާ އަކީ އީލޮންގެ ސީދާ 14 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުންޏަކީ މިހާރު ދުނިޔޭގައި އިލެކްޓްރިކް ވެހިކަލް (އީވީ) އުފެއްދުމުގައި އެންމެ ނަގާ ކިޔާ ކުންފުންޏެވެ.

އީލޮން، 51 އަށް އެންމެ މުއްސަނދި މީހާގެ މަގާމު ގެއްލުނު އިރު، މިހާރު އޭނަގެ މިލްކިއްޔާތަކީ 178 ބިލިއަން ޑޮލަރެވެ. އޭނަ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.

އީލޮން ދެވަނަ އަށް ވައްޓާލައި މިހާރު އެންމެ މުއްސަނދި މީހާގެ މަގާމުގައި އޮތީ "ލުއީ ވިޓޯން" އާއި "ޑިއޯ" ފެދަ މަގުބޫލު ބްރޭންޑްތަކުގެ ބެލެނިވެރި ކުންފުނި ފްރާންސްގެ އެލްވީއެމްއެޗްގެ ވެރިޔާ ބާނާޑް އާނޯލްޓެވެ. އޭނަގެ މިލްކިއްޔާތަކީ 188 ބިލިއަން ޑޮލަރެވެ.