ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ އެ ހިޔާނަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ އިރު، އެ މައްސަލައިގެ ތަހުގީގަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަނެއްކާ ވެސް ހާޒިރުކުރަން ނިންމައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން އޭސީސީ އަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހެނދުނު 11:00 އަށެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ނިސްބަތްވާ ންޔާ ހާޒިރު އޭސީސީން ކުރަން ނިންމީ އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން އޭނައާ ގުޅުން ހުރި މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ. ކުރިން ވެސް މި މައްސަލައިގެ ތަހުގީގަށް އޭސީސި އަށް ހާޒިރުވުމަށް އޭސީސީން އަންގާފައިވެ އެވެ. ނަމަވެސް ބަދަލުގައި އޭސީސީ އަށް ޙަޒިރުވެފައިވަނީ އެކަމަނާގެ ވަކީލެވެ.
އެމްއެމްޕީއާރްސީ ހިޔާނާތް ހިންގާފައި ވަނީ ދުންޔާގެ ބޮޑުބޭބެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
އެ ހިޔާނާތުގެ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިެވ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކިއެކި މަގާމުގައި ތިބި 119 މީހަކު ހިމެނެ އެވެ. އަދި މަޖިލީހުގެ މިހާރުގެ 16 މެންބަރަކު ވެސް ހިމެނެ އެވެ.