Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޖޭސަން އާއި ސީނާ އެކްޝަން ކޮމެޑީއަކަށް

ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖޭސަން މޮމޯއާ އާއި ސީނާ ސީނާ ވަރުގަދަ އެކްޝަން ކޮމެޑީއަކަށް ސޮއިކޮށްފި އެވެ.

ޑެޑްލައިނުން ބުނެފައިވާ ގޮތުގައި މި ދެ ތަރިން ސޮއިކުރި އާ ފިލްމަކީ ވޯނާ ބްރޮސްގެ "ކިލާ ވެކޭޝަން" އެވެ. މި ފިލްމަށް ޖޭސަން އާއި ޖޯން ސޮއިކުރުމުގެ ކުރިން މި ތަރިން ވަނީ އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ފާސްޓް އެންޑް ފިއުރިއަސް" ގެ 10 ވަނަ އަދި ފަހު ފިލްމުގެ ސެޓުން ވެސް ދިމާވެފަ އެވެ.

އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި 19 ގަ އެވެ.

ވެރައިޓީން ބުނީ "ކިލާ ވެކޭޝަން" އަކީ 2019 ގެ ސުޕަހީރޯ ހޮރޯ ފިލްމު "ބްރައިޓްބާން" ލިޔުނު މާކް އާއި ބްރަޔަން ގަންގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ. ނަމަވެސް އަދި "ކިލާ ވެކޭޝަން" ޑައިރެކްޓްކުރާނެ މީހަކު ހާމައެއް ނުކުރެ އެވެ.

ޖޭސަން، 43، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން "ސްލަމްބާލޭންޑް" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ދަ ފްލޭޝް" އާއި "އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" ހިމެނެ އެވެ. ކުރީގެ ރެސްލިން ތަރި ސީނާ، 45، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފްރީލާންސް" އާއި "އަޖީީލް" ހިމެނެ އެވެ.