Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

1 ރުފިޔާ ވެސް ވަގަށް ނުނަގަން: ދުންޔާ

ދުންޔާ މައުމޫން--

ދައުލަތުން 1 ރުފިޔާވެސް ވަގަށް ނަގާފައިނުވާނެ ކަމަށް ވިދާޅުވެ ކުރެވޭ ތުހުމަތުތަކަށް ދުންޔާ މައުމޫން އިންކާރު ކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ދުންޔާ މައުމޫން ވަނީ މިއަދު 11:00 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފައެވެ.

ދުންޔާ އޭސީސީއަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ސުވާލުކުރުމަށެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވީ، އޭނާގެ މައްޗަށް ކުރަނީ ސިޔާސީ ގޮތުން ކުރާ ތުހުމަތެއް ކަމަށެވެ. އަދި އެއީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. ދުންޔާ ވިދާޅުވީ ސަރުކާރާއި ދިވެހި ރައްޔިތުންގެ އަތުން ވަގަށް 1 ރުފިޔާވެސް ނަގާފައި ނުވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ލިސްޓުގައިވެސް ދުންޔާ މައުމޫންގެ ނަން ހިމެނިފައިވެއެވެ. އެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުމުން، ކޮމިޓީންވަނީ އެ ލިސްޓް އާންމުވެސް ކޮށްފައެވެ.