މާލެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފިއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސިޓީގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ގިނައަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ރޭ ހިންގި އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު 264 ފުޅި ބަނގުރާ ފެނުމާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ.