Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ގަމަށް 700 މީހުންގެ ޖާގައިގެ މިސްކިތެއް

ލ. ގަމުގައި 700 މީހުންގެ ޖާގައިގެ ޒަމާނީ އާ މިސްކިތެއް ބިނާކުރަން ސަރުކާރުން ނިންމައި، އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

ގަމު ތުނޑީ އަވަށުގައި އެ މިސްކިތް އިމާރާތްކުރަން އިސްލާމިކް މިނިސްޓްރީން ހަވާލުކުރީ ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ. އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ އެވެ. ފެޑޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޔާޒެވެ.

މި މިސްކިތަކީ ސަރުކާރުން 16.8 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތެކެވެ. މިސްކިތް ނިންމަން ޖެހެނީ މަސައްކަތް ފަށާތާ އަހަރެއްގެ ތެރޭގަ އެވެ.