މިދިޔަ މަހު ރާއްޖެއަށް 4.6 ބިލިއަން ރުފިޔާ މުދާ އިމްޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހު ރާއްޖެއަށް އެތެރެ ކޮށްފައިވާ މުދަލުގެ ތަފާސް ހިސާބުތައް ކަސްޓަމްސްއިން އާންމުކޮށްފައިވާއިރު، ކަސްޓަމްސްއިން ބުނީ މިއީ، 2021 ވަނަ އަހަރު މިމުއްދަތުގައި ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލާއި އަޅާ ބަލާއިރު 15 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ނޮވެމްބަރު ލިބިފައިވަނީ 4 ބިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މިއާއެކު މިއަހަރު ނޮވެމްބަރު މަހު އިމްޕޯޓް ކުރެވުނު މުދަލުން ދައުލަތަށް ލިބުނު އާމްދަނީ 11 އިންސައްތަ ވަނީ އިތުރުވެފައެވެ. މިގޮތުން 2021 ވަނަ އަހަރު މިމުއްދަތުގައި ދައުލަތަށް އިމްޕޯޓު މުދަލުން ލިބިފައިވަނީ 322 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރު މިމުއްދަތުގައި 359 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
Monthly Statistics – November 2022
👉Imports grew by 15% ⬆️when compared to the same period of last year.
👉Exports decreased by 5% ⬇️when compared to the same period of last year.
👉Customs Revenue grew by 11% ⬆️.
🔗https://t.co/O9wPNJTKam pic.twitter.com/Hrss6cejio
— Maldives Customs (@CustomsMv) December 13, 2022
މިއަހަރު ނޮވެމްބަރު މަހު އިމްޕޯޓް އިތުރުވިނަމަވެސް އެކްސްޕޯޓު ވަނީ ދައްވެފައެވެ. މިގޮތުން މިދިޔަ އަހަރު 176 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، މިއަހަރު ކުރެވިފައިވަނީ 168 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 5 އިންސައްތަ ދައްވުމެއް ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކަސްޓަމްސް ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި މަހު އެންމެ ގިނައިން ރާއްޖެ މުދާ އިމްޕޯޓު ކޮށްފައިވަނީ އޮމާން، އިންޑީއާ، ޔޫ،އޭ،އީ ސިންގަޕޫރު އަދި ޗައިނާއިންނެވެ. މިގޮތުން އޮމާނާއިން އިންޑިއާއިން ކުރެ ކޮންމެ ޤައުމަކުން 17 އިންސައްތަ މުދާ އެތެރެކޮށްފައިވާޢިރު، ޔޫއޭއިން ވަނީ 13 އިންސައްތަ މުދާ އެތެރެކޮށްފައެވެ.
ފާއިތުވި މަހު، ރާޢްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ، ތައިލޭންޑަށެވެ. މިގޮތުން ތައިލޭންޑަށް 35 އިންސައްތަ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު، ދެން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ޖަރުމަންވިލާތަަށެވެ. މިގޮތުން ޖަރުމަންވިލާތައް 13 އިންސައްތަ މުދާ އެކްސްޕޯޓު ކުރިއިރު އިންގިރޭސިވިލާތައް 11 އިންސައްތަ މުދާ ވަނީ އެކްސްޕޯޓު ކޮށްފައެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި މިދިޔަ މަހު މުޅި ޖުމްލަ 21،335 ޑިކްލެރޭޝަން ވަނީ ޕްރޮސެސްކޮށްފައެވެ. އަދި ރާއްޖެއިން ބޭރުން އައި 116 އުޅަނދު ކްލިއަރކޮށްފައިވެއެވެ. މީގެ އިތުރުން މިމުއްދަތުގައި ރާއްޖެއިން ފުރާފައިވަނީ 99 އުޅަނދެވެ.