Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

"ސާޖަން ފޮނުވާލީ ލިޔެކިއުންތައް ހުށަނޭޅުމުން"

ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަފްސާ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި މަސައްކަތް ކުރަމުން ދިޔަ އޮޕަރޭޝަން ޑޮކްޓަރު ފޮނުވާލީ މެޑިކަލް ކައުންސިލަށް ބޭނުންވާ ލިއެކިއުން ހުށަހެޅުމަށް ދިން ފުރުސަތުގައި ލިއެކިއުން ހުށަނޭޅުމުން ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ "އައްޑޫ ލައިވް" އަށް ވިދާޅުވީ މެޑިކަލް ކައުންސިލުން ޑޮކްޓަރުން އެކްރެޑިޓް ކުރުމަށް ބޭނުންވާ ލިއުންތައް ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ޑޮކްޓަރަށް ދެއްވައިގެން ވެސް ލިއުންތައް ހުށަނޭޅުމުން އޭނާގެ ހުއްދަ ކެންސަލް ކޮށްފައިވާ ކަމަށެވެ.

ހަފްސާ ވިދާޅުވީ އޮޕަރޭޝަން ޑޮކްޓަރު ފޮނުވާލުމުން އިތުރު އޮޕަރޭޝަން ޑޮކްޓަރަކު ހޮސްޕިޓަލްގައި ނެތް ކަމަށެވެ. އެހެންވެ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތި ވަމުން އަންނަ ކަމަށެވެ.

ހޮސްޕިޓަލުން ފޮނުވާލި އޮޕަރޭޝަން ޑޮކްޓަރު
ހޮސްޕިޓަލުން ފޮނުވާލި އޮޕަރޭޝަން ޑޮކްޓަރު

ހެލްތު މިނިސްޓްރީގެ މެޑިކަލް ކައުންސިލުން ދަނީ ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުން ސްކްރީން ކޮށް އެބޭފުޅުންގެ ތެރެއިން މިނިސްޓްރީން ގަބޫލް ކުރާ ފެންވަރުގެ ލިއުންތައް ނެތް ފަރާތްތައް ފޮނުވާލުމުގެ މަސައްކަތް ފަށާފައެވެ.