ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރަށް ވުރެ ބޮޑަށް ރަނގަޅުކުރުމަށްޓަކައި ރާއްޖޭގެ ބޭރުގެ އިންވެސްޓްމަންޓްތައް ވަރަށް މުހިއްމު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުނު ގާއިމުކުރިތާ މި އަހަރަށް 50 އަހަރު ފުރިފައިވާތީ އެކަމާ ގުޅިގެން ބޭއްވި ބިޒްނަސް ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދެކޭ އިގުތިސާދީ ތަސައްވުރަށް ވާސިލުވުމަށް ޕްރައިވެޓް އެންޓްރޮނާޝިޕާއި އިންވެސްޓުމަންޓުތައް ބޭނުންވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވޮ ގޮތުގައި އިގުތިސާދީ ގޮތުން ރާއްޖެ އަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެކުލަވާލާފައިވާ ނެޝެނަލް ރިޒެލިއެންސް އެންޑް ރިކަވަރީ ޕްލޭނާ އެކީ އެކަމުގައި ހިމެނޭ ދާއިރާތަކަށް އިންވެސްމަންޓުތައް ވަރަށް މުހިއްމު ކަމަށެވެ.
The Business Forum on Joint Construction of the "Belt & Road" between China and Maldives was held today to mark the 50th anniversary of the diplomatic relations between the two countries.
Business delegations from both countries attended the forum.#ChinaMaldivesAt50 pic.twitter.com/NvuUtdVU6F
— Economy & Trade (@MoEDmv) December 14, 2022
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ ޕްލޭނުގައި ހިމެނެނީ ސްޓްރެޓީޖިކް އިންފްރާސްޓްރަކްޗާ އެސެޓުތައް ގާއިމުކުރުމާއި، ޑީސެންޓްރަލައިޒް ކުރުމާއި، ޑައިވަސިފިކޭޝަން، ޓޫރިޒަމް ފުޅާކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި އެސްއެމްއީގެ ދައުރު އިތުރު ކުރުމާއި، މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް އިތުރު ކުރުމެވެ. އަދި އެއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިންވެސްޓްމަންޓަށް ފަހި ފުރުސަތުތަކެއް ހުރި ދާއިރާތަކެއް ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން އެކުލަވާލާފައިވާ ރިކަވަރީ އެންޑް ރެޒިލެއެންސް ޕްލޭންގައި ހުރި ކަންތައްތަކާ އެއްވަރަށް ބޭރުގެ އިންވަސްޓުމަންޓުތައް މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ. "ސަރުކާރުން މި އެދޭ އިގްތިސާދީ ތަރައްގީ އާއި ތަސައްވުރަށް ވާސިލުވުމަށް ބޭރުގެ އިންވެސްޓުމަންޓުތައް ވަރަށް މުހިންމު."
ފައްޔާޒް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ އަކީ ރާއްޖޭގެ މައިގަނޑު އެކްސްޕޯޓް ކަމަށްވާ އިރު އެކްސްޕޯޓް އިތުރުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ޗައިނާ އިން ވެސް މަޝްވަރާކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
The Business Forum on Joint Construction of the "Belt & Road" between China and Maldives was held today to mark the 50th anniversary of diplomatic relations between #China and #Maldives#ChinaMaldivesAt50 pic.twitter.com/y2NYaDBX44
— Invest Maldives (@InvestMv) December 14, 2022
ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ ހުރިހާ ކަމެއް ނިމެންދެން އެހީތެރިވެދޭނެ "ވަން ސްޓޮޕް ޝޮޕެއް" ވެސް ގާއިމުކޮށްފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އިންވެސްޓަރުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ހިދުމަތްތައް ޑިޖިޓައިޒްކޮށް، 90 ޕަސެންޓު ބިޒްނަސް ރަޖިސްޓްރޭޝަން މިހާރު އޮންލައިންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.