ދައުލަތަށް ނިސްބަތްވާ ބަޔަކާ ދިމާއަށް ގަމާރުންތަކެއް ކަމަށް ވިދާޅުވި މައްސަލައެއްގައި ތުރުކީގެ އިސްތަންބޫލްގެ މޭޔަރު އަކްރަމް އިމަމޮގްލޫ އަށް ދެ އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ދައުލަތުގެ މުވައްޒަފުންތަކަކާ ދިމާއަށް ގަމާރުންތަކެކޭ މޭޔަރު ވިދާޅުވީ 2019 ގައި މޭޔަރު ކަމަށް ވާދަކުރެއްވި އިރު، އެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންތެއް އިންތިހާބުގެ ނަޖީތާއާ މެދު ސުވާލު އުފެއްދުމުންނެވެ. އަދި އެ މައްސަލަ ހޫނުވުމުން ދިފާއުގައި މޭޔަރު ވިދާޅުވެފައި ވަނީ ގޯސް އެއްޗެއް ވިދާޅުނުވާ ކަމަށާއި އޭނަ ދެއްކެވީ ކުރިން އިންޓީރިއާ މިނިސްޓަރު ސުލޭމާން ސޯލޫ ވާހަކަތަކެއް ދެއްކެވި ކަހަލަ މޭރުމަކުން ކަމަށެވެ.
އުމުރުން 52 އަހަރުގެ އަކްރަމް މޭޔަރުކަމަށް ވަޑައިގެންނެވީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ޕާޓީ، އޭކޭ ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓަކު ބަލިކުރެއްވުމަށް ފަހު އެވެ.
މީޑިއާތަކުން ބުނީ ރިޕަބްލިކަން ޕީޕަލްސް ޕާޓީ އަށް ނިސްބަތްވާ މޭޔަރު އަކްރަމަށް އިއްވި ހުކުމާ ގުޅިގެން އޭނަ އަށް ސިޔާސީ މަގާމެއް ދެން ފުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިިހާބުގައި ވެސް ވާދަކުރުމުގެ ފުރުސަތު ގެއްލުމުގެ ފުރުސަތު އޮތް ކަށެވެ. މޭޔަރަށް އިއްވި ހުކުމް އިސްތިއުނާފުކުރަން ނިންމާފައި އިރު، މޭޔަރުގެ މަގާމުގައ އޭނަ ދެމިހުންނަވާނެ އެވެ.

އަކްރަމަށް އަށް އިއްވި ހުކުމާ ގުޅިގެން ސަޕޯޓަރުންތަކެއް އިސްތަންބޫލްގެ ކައުންސިލް އިމާރާތުގެ ކައިރި އަށް އެއްވެ ސަރުކާރު އިސްތިއުފާ ދޭން ގޮވި އެވެ.
އަކްރަމަކީ ތުރުކީގައި މިހާރު ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ އެއް ލީޑަރެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރައީސް އުރުދުޣާން އެންމެ ޖެހިލުންވާ ލީޑަރަކީ ވެސް އެއީ އެވެ.