Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ކުންފުނިތައް ކޮރަޕްޝަނާ ދުރުކުރަން އުސޫލެއް

ފޮޓޯ: ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

ސަރުކާރު ކުންފުނިތައް ކޮރަޕްޝަނާ ދުރުކުރުމަށް ސީއެސްއާރް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފައިވަނީ، ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަނާ ދެކޮޅު އަދި ދެފުށް ފެންނަ ސީ.އެސް.އާރް. އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން ފަށާފައިވާ ކަމަށެވެ.

މި ހަރަކާތަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ހެޔޮ ވެރިކަމުގެ އެއް ސިޔާސަތު ކަމުގައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މައުލޫމާތުދެއެވެ.

މިއުސޫލު އެކުލަވާލާ ތަންފީޒުކުރަން ފެށުމުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީ.އެސް.އާރު އަދި އެކިއެކި ސްޕޮންސަރޝިޕް ހަރަކާތްތަކާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ބޯޑުން ބުނެފައިވެއެވެ.