Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރު ނިމެނީ

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެރިޓައިމް ސަރވައިވަލް ސެންޓަރގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފައިވާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެމްއެންޔޫގެ މެރިޓައިމް ސަރވައިވަލް ސެންޓަރ ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތާއި ރޭމްޕް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 1،200 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލިއެޅުމުގެ މަސައްކަތާއި، 62.25 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުު ތޮށި ލުމާއި، ރޭމްޕެއް އެޅުމުގެ މަސައްކަތާއި މޫރިިންގ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެރިޓައިމް ސަރވައިވަލް ސެންޓަރގެ މަޝްރޫއަކީ 6.89 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.