Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

މިފްކޯ އިން އައްޑު އަށް އޭޖެންޓުން ހޯދަނީ

މިފްކޯގެ އުފެއްދުންތައް އައްޑޫގައި މާކެޓްކޮށް، ވިއްކަން އޭޖެންޓުން ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ރާއްޖޭގެ ދެކުނުގައި އޮތް ސިޓީގައި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ދޭނީ ވިޔަފާރި ރަޖިސްޓްރީކުރުމާ ބެހޭ ޤާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށެވެ. ކަމަށެވެ. އޭޖެންޓުން ވިއްކަން ޖެހޭ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ މިފްކޯ އިން އުފައްދާ ދަޅުމަހުގެ ބާވަތްތަކާއި ރޯ ކަނޑުމަހުގެ ބާވަތްތަކާއި،ހިކި ކަނޑުމަހުގެ ބާވަތްތަކުގެ އިތުރުން ކުންފުނީގެ އެހެނިހެން ވެސް އުފެއްދުންތަކެވެ.

އެޖެންޓުންނަށް ވާން ޝައުގުވެރިކަން ފާޅުކޮށް ކޮންމެ ފަރާތަކަށް ވެސް ހުށައެޅޭނީ ގިނަވެގެން ބީލަމެކެވެ. އެގޮތުން އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާ ދެ ފަރާތަކަށް އައްޑޫގެ އޭޖެންޓްކަން ދޭނެ އެވެ.

އޭޖެންޓުންގެ މައިގަނޑު މަސައްކަތަކަށް ވާނީ މިފްކޯގެ މުދާ ހިތަދޫ ނުވަތަ ފޭދޫ ބަނދަރާ ހަމައަށް ފޯރުކޮށް ދިނުމުން ގުދަން ކުރުމާއި ވިއްކުމެވެ. އޭޖެންޓުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކަށް އެޖެންޓު ރޭޓުގެ ގޮތުގައި އަގުތަކެއް ވެސް ހަމަޖައްސައިދޭނެ އެވެ. ކަމަށެވެ.

މިފްކޯ އިން ބުނި ގޮތުގައި އެޖެންޓުން ހޯދަނީ ފުރަތަމަ އަހަރު ދުވަހަށެވެ. އެ މުއްދަތުގެ ތެރޭގައި މަސައްކަތަށް ބެލުމަށް ފަހު މުއްދަތު އިތުރު ވެސް ކޮށްދޭނެ އެވެ. އެގޮތުން އަހަރު ދުވަހުގެ ތެރޭގައި މަހަކު ވަކި ޢަދަދަކަށް ވިޔަފާރި ކުރަންވާނެ ކަމަށް މިފްކޯއިން ބުނެ އެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އައްޑު އަކީ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްއެއްޟި ހިންގަމުން އަންނަ ތަނެކެވެ. އެއީ ހުޅުމީދޫގަ އެވެ.