Last Updated: June 29, 13:08
Monday, June 29, 2026
ކުޅިވަރު

ސްޓޭޑިއަމް "އައްޑޫ ފުޓްބޯޅަ ދަނޑަށް" ރީބްރޭންޑްކޮށްފި

އޭއެފްސީ ޗެލެންޖްކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީ ކުރުމަށްފަހު "އައްޑޫ ފުޓްބޯޅަ ދަނޑުގެ" ނަމުގައި ރީ ބްރޭންޑްކޮށް މިރޭ ހުޅުވައިފިއެވެ.

އަމީން ކޮންސްޓަރަކްޝަން އާއި ހަވާލުކޮށްގެން ތައްޔާރުކުރި މި ސްޓޭޑިއަމް ހުޅުއްވައި ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައީސް ޔާމީން އަބްދުލް ގައްޔޫމްއެވެ.

މިރޭގެ ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރައީސް މައުމޫން އިމާރާތް ކުރެއްވި ހިތަދޫ ޒޯން ސްޓޭޑިއަމް އަލުން މަރާމާތު ކޮށް ރީބްރޭންޑް ކުރުމުގެ އުފާވެރި ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެންނެވީތީ ޝުކުރު ދަންނަވާ ކަމަށެވެ.
adss

އަދި އަންނަ އަހަރު މާޗް މަހުގެ ތެރޭ ވޯލްޑް ކަޕް ކޮލިފައިން މެޗްތަކެއް އައްޑޫގައި ބާއްވާނެ ކަމަށް އޭއެފްސީން ޔަގީންކަން ދީފައިވާ ކަމަށް މަލީހް ވިދާޅުވިއެވެ.
addsss

މިރޭގެ ރަސްމިއްޔާތުގައި ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންގެ އައިޓަމްތައް ވަނީ ހުށަހަޅާފައެވެ. އަދި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ބެލެނިވެރިން ބައިވެރިވެފައިވެެއެވެ.