Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"މިޝަން މަޖުނޫ" ގެ ޓީޒާއެއް ދައްކާލައިފި

އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ސިދާތު މަލްއުތުރާގެ ފިލްމު "މިޝަން މަޖުނޫ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަންނަ މަހުގެ 20 ގައި ބެލުންތެރިންނަށް ދޫކޮށްލާ މި ފިލްމަކީ 1970 ގެ ވާހަކައެއް ކިޔައިދޭ އެކްޝަން ތުރިލާއެކެވެ. އިންޑިއާގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ވަރުގަދަ ކަވަޓް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ "މިޝަން މަޖުނޫ" އަކީ ސިދާތުގެ ވަރުގަދަ އެކްޝަން ރޯލެއް ފެންނާނެ އެއްޗެކެވެ.

މީގައި އޭނައާ އަކީ ބަތަލާގެ ރޯލު ކުޅެފައިވާ "ޕުޝްޕާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ތެލެގޫ ބަތަލާ ރަޝްމިކާ މަންދަނާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "މިޝަން މަޖުނޫ" ގައި އޭނަ ފެންނާނީ ލޯފަން ކެރެކްޓާއަކުންނެވެ. ރަޝްމިކާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކުރި އަމީތާބް ބައްޗަންގެ "ގުޑް ބާއި" އެވެ.

ދެހާސް ނަވާރައިގެ ކާމިޔާބު ވަތަނީ ފިލްމު "އުރީ: ދާ ސާޖިކަލް ސްޓްރައިކް" ގެނެސްދިން ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ޝަންތަނޫ ބަގްޗީ އެވެ.

"މިޝަން މަޖުނޫ" ގެ ކާސްޓްގައި ޕަރްމޭތު ސޭތީ، ކުމުދު މިޝްރާ، ޒާކިރު ހުސައިން، ޝާރިބް ހާޝިމީ އަދި ރަޖިތު ކަޕޫރް ވެސް ހިމެނެ އެވެ.