Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރައީސްގެ ކެމްޕޭން މެނޭޖަރަކަށް ރޮޒޭގެ ފިރިމީހާ

ނާޝިޒާއި ރޮޒޭ ރައީސާ އެކީ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާތީ އެ މަނިކުފާނުގެ ކެމްޕޭން މެނޭޖަރަކަށް ރައްޔޮތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރޮޒޭ) ގެ ފިރިކަލުން މުހައްމަދު ނާޝިޒު ހަމަޖައްސަން ނިންމައިފި އެވެ.

އޭނަ އަކީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ވެސް މެ އެވެ. ނާޝިޒާއި ރޮޒޭ އަކީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ދެ ބޭފުޅުންނެވެ.

އެނގިފައިވާ ގޮތުގައި ރައީސް ސޯލިހްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު އަންނަނީ އެގޮތުން، ކެމްޕެއިން މެނޭޖަރު ހަމަޖައްސައި ކެމްޕެއިން އޮފީހެއް ވެސް ގާއިމްކޮށްފައިވެ އެވެ. ނަމަވެސް ކެމްޕޭން މެނޭޖަރަކަށް ނާޝިޒު ހަމަޖެއްސިކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

އެމްޑީޕީގެ ފަރާތުން ރައީސް ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމާފައި ވަނީ އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓް ހޯއްދެވުމަށް ފަހު އެވެ. ނަމަވެސް ޕްރައިމަރީ ބާއްވާނެ ތާރީހެއް އެމްޑީޕީން އަދި އިއުލާނެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި ޕްރައިމަރީ ބޭއްވޭތޯ އެމްޑީޕީން އަންނަނީ މަސައްކަތްކުރަމުންނެވެ.

އަޑުތައް އަރާފައިވާ ގޮތުން ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވާނެ އެވެ.