Last Updated: July 26, 17:04
Sunday, July 26, 2026
ޚަބަރު

އިންޓަނެޓް ބޭންކިން އަށް އިތުރު ރައްކާތެރި ކަމެއް

އިންޓަނެޓު ބޭންކިން އިން ކުރާ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން ވަން ޓައިމް ޕާސްވޯޑް ނުވަތަ އޯޓީޕީ، އޮތެންޓިކޭޓާ އެޕްލިކޭޝަންސްތައް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަދައިފި އެވެ.

ގައުމީ ބޭންކުން ބުނީ މި ބަދަލާ އެކީ އަންނަ އަންގާރަ ދުވަހުން ފެށިގެން އީމެއިލަށް އޯޓީޕީ ލިބޭ ގޮތް ހެދޭނީ ބޭންކުން އެ މީހެއްގެ މައުލޫމާތު އިތުރަށް ޔަގީން ކުރުމަށް ފަހު ކަމަށެވެ. އެހެންވެ ދެން އާންމު އުސޫލެއްގެ ގޮތުން އޯޓީޕީ ޖެނެރޭޓް ކުރެވޭނީ އެސްއެމްއެސް އަދި އޮތެންޓިކޭޓާސްގެ އެޕްލިކޭޝަންތަކުންނެވެ.

ގޫގަލް އަދި މައިކްރޯސޮފްޓުން ވެސް އޮތެންޓިކޭޓާސް އެޕް ލިބޭނެ އެވެ. މޮބައިލް ބޭންކިންގެ ސެޓިންގްސްއަށް ގޮސް މިހާރު އޯތެންޓިކޭޓާސް އެޕްލިކޭޝަންސް އެނޭބަލްކޮށް އެއިން އޯޓީޕީ ޖެނެރޭޓް ކުރެވޭ ގޮތަށް ހެދޭނެ އެވެ.