ނޫސްވެރިންތަކެއްގެ ޓްވިޓާ އިން ބޭރުކުރުމާ ގުޅިގެން ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ މައްސަލާގައި އދ. އިން ވެސް ފާޑު ކިޔައިފި އެވެ.
އެތަނުން ކުރި ޓްވީޓެއްގައި ބުނީ "މީޑިއާ އަކީ ކުޅޭކުޅޭ ބައެއް ނޫން" ކަމަށެވެ.
އދ. ގެ ގްލޯބަލް ކޮމިއުނިކޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް މެލީސާ ފްލެމިންގް ވިދާޅުވީ މީޑިއާގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އަދި ނޫސްވެރިންނަށް އެ މީހުންގެ ހިޔާލު ފާޅުކުރަން ޓްވިޓާ އިން ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްވިޓާ އިން ނޫސްވެރިންތަކެއްގެ އެކައުންޓްތަކެއް ބްލޮކްކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ.
Deeply disturbed by reports of journalists being arbitrarily suspended from Twitter.
Media freedom is not a toy. A free press is the cornerstone of democratic societies and a key tool in the fight against harmful disinformation.
— Melissa Fleming 🇺🇳 (@MelissaFleming) December 16, 2022
"މީޑިއާ އަކީ އަކީ ކުޅޭކުޅޭ އެއްޗެއް ނޫން. އެއީ ޑޮމޮކްރަސީގެ އެންމެ ވަރުގަދަ އެއް ބާރު. އެހެންވީމަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ. މީޑިއާތަކާއި ނޫސްވެރިންނަކީ ކަންކަމުގެ ހަގީގަތް ސާފުކޮށް ދޭން މަސައްކަތްކުރާ ބައެއް."
ބުދަ ދުވަހު އަމަަލުކުރަން ފެށި އާ އުސޫލަކަށް ނޫސްވެރިންތަކެއްގެ އެކައުންޓްތަކެއް ނުފެތޭ ކަމަށް ބުނެ ޓްވިޓާ އިން ބުރާސްފަތި ދުވަހު ސަސްޕެންޑްކުރި އެކައުންޓްތަކުގެ ތެރޭގައި ހުޅަނގުގެ ނުފޫޒު ގަދަ މީޑިއާތަކުގައި ތެރޭގައި ހިމެނޭ އެމެރިކާގެ ސީއެންއެން އާއި ވޮޝިންޓަން ޕޯސްޓާއި ނިއު ޔޯކް ޓައިމްސްގެ ނޫސްވެރިންތަކެއް ހިމެނެ އެވެ. މީގެ އިތުރުން ދި އިންޓަސެޕްޝަނާއި މެޝަބްލް އަށް ނިސްބަތްވާ ނޫސްވެރިންތަކެއްގެ އތުރުން ފްރީލާންސް ނޫސްވެރިންތަކެއްގެ ޓްވިޓާ އެކައުންޓަތަކެއް ވެސް ސަސްޕެންޑްކޮށްފައިވެ އެވެ.
ޓްވިޓާ އިން ބޭރުކުރި ނޫސްވެރިންނަކީ އާންމުކޮށް ޓްވިޓާގެ އާ ވެރިޔާ އީލޮން މަސްކާ ގުޅޭ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންނެވެ. އޭނަ މިދިޔަ އޮކްޓޯބަރު މަހު ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.