ގިރާވަރު ފަޅު ހިއްކައިގެން ރެސިޑެންޝަލް ސިޓީއެއް ތަރައްގީކޮށް ދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނިންމާފައި ވަނީ ކްރޮސް ސަބްސިޑީ އުސޫލުން އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައި، އެއަށް ފައިނޭންސް ކުރާ ބަޔަކަށް ޓޫރިޒަމްގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭނެ އެވެ.
މިނިސްޓްރީން ވަނީ އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފަ އެވެ. އެކަމަކު އެކަމަށް ވަކި ސުންގަޑިއެއް ދީފައެއް ނުވެ އެވެ.
ގިރާވަރު ފަޅު ހިއްކައިގެން އެތަނުން މާލޭ ރައްޔިތުންނަށް 2،000 ގޯތި ދޫކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލިސް މި އަހަފަށް ހުޅުވަން ބޭއްވި ޖަލްސާގަ އެވެ.