Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ބާބީ" އަކީ މާގޯ، މިއޮތީ ޓީޒާ

އާންމުކޮށް ކުޑަކުދިން ކުޅެން ގެންގުޅޭ ބުދެއްގެ ގޮތުގައި މަޝްހޫރު ބާބީ އަށް ބިނާކޮށް ހަދާފައިވާ ފިލްމު "ބާބީ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަންނަ އަހަރުގެ ޖުލައި 21 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމުގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ އޮސްޓްރޭލިއާ އަށް އުފަން ބަތަލާ މާގޯ ރޮބީ އެވެ. އެމެރިކާގެ ކުންފުނި، މެޓެލްގެ ބާބީގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދެނީ ޑައިރެކްޓަރު ގްރެޓާ ގާވިޖް އެވެ.

"ބާބީ" އިން ބޮޑު ކާސްޓެއް ހިމެނޭ އިރު، އޭގެ ތެރޭގައި މަޝްހޫރު އޭ-ލިސްޓް ތަރިންތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ރަޔަން ގޮޒްލިން، ވިލް ފެރެލް، ކޭޓް މެކިނަން، އެމެރިކާ ފެރޭރާ، އެމާ މެކީ އަދި މައިކަލް ޝީރާ ހިމެނެ އެވެ.

ވޯނާ ބްރޮސް އިން ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ "ބާބީ" ހަދާފައި ވަނީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.