Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އެމްޑީޕީ ދާއިރާ އިންތިހާބުގެ ވޯޓުލުން ކުރިއަށް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން -- ފޮޓޯ / އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ދާއިރާ އިންތިހާބުގެ ވޯޓުލުން ފެށިއްޖެއެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި އަސާސީ ޤަވާއިދު އިސްލާހު ކުރިއިރު ދާއިރާ ހިންގާކޮމެޓީތައް ހޮވާގޮތް ބަދަލުކޮށްފައިވެއެވެ.

އެގޮތުން އެއްރަށަށްވުރެ ގިނަ ރަށްރަށްހިމެނޭ ދާއިރާތަކުގެ ކޮންމެ ރަށަކުން ދާއިރާގެނާއިބު ރައީސް، ސެކްރެޓަރީ، އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ ހޮވަންޖެހޭގޮތަށް އިސްލާހު ގެނެސްފައިވެއެވެ. އަދި އެއްރަށުގައި އެއްދާއިރާ ނުވަތަ އެއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށްތަކުގެ ކޮންމެ ދާއިރާއަކުން އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އިންތިހާބުކުރަން ޖެހެއެވެ.

އެމްޑީޕީގެ ދާއިރާ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، އިންތިޚާބުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

އެގޮތުން 7611260 ނަންބަރަށް އެސްއެމްއެސް ކުރައްވައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން ޝަކުވާ ހުށަހެޅޭނެ ކަމަށާއި އަދި ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ގޫގުލް ފޯމުންވެސް ޝަކުވާ ހުށަހެޅޭނެކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. ޝަކުވާ ބަލައިގަންނާނީ 17 ޑިސެމްބަރުގެ ހެނދުނު 9:00 ން ފެށިގެން 18 ޑިސެމްބަރުގެ ހަވީރު 4:00 އަށްކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.