Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ބްރިޖް ހަދާ އެފްކޯންސްގެ މުވައްޒަފުން މުޒާހަރާ ކުރަނީ

އެފްކޯންސް ކުންފުނީގެ މުވައްޒަފުން އިހުތިޖާޖު ކުރަނީ-

ތިލަމާޅެ ބްރިޖް މަސައްކަތްކުރާ އިންޑިއާގެ އެފްކޯންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި މިއަދު އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މިއަދު ހެނދުނުން ފެށިގެން ގުޅީފަޅުގައި އެ ކުންފުނީގެ މުވައްޒަފުން އިހުތިޖާޖު ކުރަމުން އަންނަނީ، އެތަނުގައި މި ފަހުން ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި މުވައްޒަފުންގެ މުސާރަ ރަނގަޅަށް ނުދޭކަމަށް ބުނެއެވެ.

ގުޅީފަޅުގައި އެފްކޯންސްގެ މުވައްޒަފުން އިހުތިޖާޖު ކުރަމުން އަންނައިރު އެ ސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ބްރިޖްގެ މަސައްކަތަށް އެފްކޯންސްއިން 1000 އެއްހާ މުވައްޒަފުން ގެނެސްފައިވާއިރު އޭގެތެރެއިން 800 އެއްހާ މުވައްޒަފުން ތިބެނީ ގުޅީފަޅުގައެވެ.

އެފްކޯންސްގެ މުވައްޒަފުންތިބޭ ތަނެއްގައި ބްރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި 70 އަށްވުރެއް ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.