Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ބޮޑުކަންނެލީ މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި

ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ ބޮޑު ކަންނެލީ މަސްވެރިންގެ ކަންބޮޑުވުންތައް ކަމާބެހޭ ވުޒާރާތަކާ ހިއްސާކޮށްފިއެވެ.

އެގޮތުން ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާ ބައްދަލުކުރައްވާފައިވަނީ ހުކުރު ދުވަހުއެވެ.

މި ބައްދަލުވުމުގައި ބޮޑު ކަންނެލީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ބޮޑުކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އެކަންކަމަށް ހޯދޭނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މަސްވެރިކަމަކަށް ވެފައިވާއިރު ބޮޑު ކަންނެލީގެ މަސްވެރިންގެ ގިނަ ޝަކުވާތަކެއް ހުންނަކަން ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ފާހަގަކުރެއެވެ.