Last Updated: June 6, 14:55
Saturday, June 6, 2026
ކުޅިވަރު

އައްޑޫ ސްޓޭޑިއަމްއިން ހިލޭ މެޗް ބެލޭނެ

މާދަމާ ފަށާ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ބެލުމަށް ހިލޭ "އައްޑޫ ސްޓޭޑިއަމް"އަށް ވަދެވޭނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނެޝަނަލް ޓީމްސް އަލީ ސުޒޭން ވިދާޅުވީ ހިތަދޫގައި ކުޅޭ މެޗްތަކުގެ ޓިކެޓް ކުރިން ވިއްކަން ނިންމި ނަމަވެސް މިހާރު ހިލޭ ވަދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"ޓިކެޓް ވިއްކަން ގެނައި، އެކަމަކު ސްކޫލް ކުދިންނާއި މެޗް ބަލަން އަންނަ މީހުންނަށް ހިލޭ ޓިކެޓް ދޭގޮތަށް ހަމަޖެއްސީ"

ސުޒޭން ވިދާޅުވީ އައްޑޫގައި ކުޅޭ މެޗް ބަލަން ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދޭން ބޭނުން ކަމަށެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް އޭގެ މެޗްތައް މާލޭގައި ބާއްވާއިރު ގައުމީ ސްޓޭޑިއަމްއަށް މެޗްބަލަން ވަދެވެނީ ޓިކެޓް ނަގައިގެންނެވެ. މާލޭގައި ޓިކެޓް ވިއްކަނީ އެ ދުވަހަކު ކުޅޭ ދެ މެޗަށް އެއްކޮށެވެ. ޓިކެޓްގެ އަގު އުޅެނީ މެޗަކަށް ސިޑި ބަރިން 25ރ. އަދި ގޮނޑިބަރިން 50ރ. އަށެވެ.