Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އަލިފާނުގެ ހާދިސާގައި މުވައްޒަފަކު ގެއްލިއްޖެ

ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެފްކޯންސްގެ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާންއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ އަލިފާނުގެ ހާދިސާއަށްފަހު އެކަކު މަދު ކަމަށެވެ.

އެހެންކަމުން އެމީހާ ހޯދުމުގެ މަސައްކަތް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އަލިފާން ރޯވި ހާދިސާއާ ގުޅިގެން 73 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ރޯވި އެކެމަޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.