Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ކުއްތޭ" ގެ ކެރެކްޓާތަކުގެ ދައްކައިލުމެއް

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ބްލެކް ކޮމެޑީ "ކުއްތޭ" ގެ މައިގަނޑު ކާސްޓުންގެ ފަސްޓްލުކް ދައްކާލައިފި އެވެ.

"ކަމީނޭ" އާއި "ހައިދަރު" އަދި "އޯމްކާރާ" ފަދަ މަގުބޫލު އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރު ވިޝާލް ބަފަރްވާޖްގެ ދަރިފުޅު އާސްމާން ބަރަދްވާޖް ޑައިރެކްޝަނަށް ނުކުތް ފިލްމުގެ ކާސްޓުންނަކީ އަރުޖުން ކަޕޫރް، ތައްބޫ، ނަސީރުއްދީން ޝާހް، ކޮންކޮނާ ސެން ޝަރުމާ، ރާދިކާ މަދަން އަދި ކުމުދު މިޝްރާ އެވެ.

ބައްޕަ ވިޝާލް އާންމުކޮށް ގެނެސްދޭ ސްޓައިލަކަށް އަދި "ރަސްޓިކް" ސެޓިންއަކަށް ބިނާވެފައިވާ ވާހަކައެއް ކިޔައިދޭނެ "ކުއްތޭ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ. އަދި ފިލްމުގެ ޓްރެއިލާ މި މަހުގެ 20 ގައި އާންމުކުރާނެ އެވެ.

ދަރިފުޅުގެ އަލަތު ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވާ އިރު، ވިޝާލް، 57، ގެ ކުރިއަށް އޮތް ފިލްމަކީ ތައްބޫ އާއި އަލީ ފަޒަލްއާ އެކީ ގެނެސްދޭން ހަމަޖެހިފައިވާ އަންނަ އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އަށް ދޫކޮށްލާ ސްޕައި ތުރިލާ "ކޫފިޔާ" އެވެ.