Last Updated: July 14, 06:25
Monday, July 14, 2025
ޚަބަރު

މަތި އުތުރު ދާއިރާގެ ރައީސަކަށް އަކްރަމް

އަކްރަމް ކަމާލުއްދީން - ފޮޓޯ: އާރްޑީސީ

އެމްޑީޕީގެ މަތި އުތުރު ދާއިރާގެ ރައީސް ކަމަށް ހައުންސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިންތިހާބުކޮށްފި އެވެ.

ހއ، ހދ. އަދި ށ އަތޮޅު ހިމެނޭ މަތި އުތުރު ދާއިރާގެ ރައީސްކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ.

އެ މަގާމަށް އަކްރަމްއާއެކު ދެން ވާދަކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އަދި ހެރިޖޭޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން) އެވެ. މި އިންތިހާބު އަކްރަމް ކާމިޔާބު ކުރެއްވުމުން އޭނާ އަށް އެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އަކްރަމް މީގެކުރިން ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި މާލޭ ދާއިރާގެ ރައީސްގެ މަގާމަށް ވާދަކޮށްފަ އެވެ. ނަމަވެސް އެފަހަރު އަކްރަމްގެ މައްޗަށް ކުރި ހޯއްދެވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.