Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

ރުކަކުން ވެއްޓުނު ޒުވާނަކު އައިސީޔޫގައި

ސ. ހިތަދޫގައި ރުކަކުން ވެއްޓުނު 19 އަހަރުގެ ޒުވާނަކަށް އައިސީ ޔޫގައި ފަރުވާ ދެމުން އެބަ ގެންދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހަވީރު 2:30 ހާއިރު ރުކަކުން ވެއްޓި އަނިޔާވެފައި ވަނީ މުހައްމަދު ޝިޔާމް، ވިއުކޯރާގެ އެވެ.

ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ ޝިޔާމް ހޮސްޕިޓަލަށް ގެނައި އިރު ވަރަށް ސީރިއަސް ކަމަށާއި އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ.

"މިކޮޅަށް ގެނައިއިރު ވަރަށް ސީރިއަސް، އޭނާގެ ބޮލަށް އިންޖަރީވެފައިވަނީ. އެހެންވެ މާލެ ފުރުވުމުގެ މަސައްކަތް ދަނީ ކުރަމުން"

ހަފްސާ ވިދާޅުވީ ޝިޔާމް ފުރުވުމުގެ މަސައްކަތް ހޮސްޕިޓަލުން ކުރަމުން އަންނަ އިރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް ސާޖަން އަކު ނެތުމާއި، އިތުރު ޓެސްޓްތައް ހެދެން ނެތުމުން ބަލިމީހާ މާލެ ފޮނުވާލަނީ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝިޔާމް ވެއްޓިފައިވަނީ ގާތް ގަޑަކަށް 20 ފޫޓް އުސް ރުކަކުންނެވެ.