Last Updated: June 29, 13:08
Monday, June 29, 2026
ކުޅިވަރު

ހުރިހާ ޓީމެއްގެ އަމާޒަކީ ގްރޫޕްގެ އެއްވަނަ

އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް ބީގައި ވާދަކުރާ ޓީމްތަކުގެ ނޫސް ކޮންފަރެންސް ބާއްވައިފިއެވެ.

ހެރެތެރެ ރިސޯޓްގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޕިލިޕީންސް ކޯޗު ބުނީ ޓީމް އޮތީ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ވަރުގެ ފެންވަރުގައި ކަމަށެވެ. ނަމަވެސް ޓީމަށް މުބާރާތަށް މާބޮޑު ތައްޔާރުތަކެއް ނުވާކަމަށް ކޯޗު ފާހަނގަ ކުރިއެވެ. ކޯޗު ބުނީ ހެރެތެރެއިން ކެއުމުގައި މައްސަލަތަކެއް ޓީމަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ދިގު ދަތުރެއް ކޮށްފައި ޓީމް އައުމާއި، ކެއުމުގެ މައްސަލަ ފިޔަވައި ހުރިހާކަމެއް ރަނގަޅުކަމަށެވެ.

ކޯޗު ބުނީ މުބާރާތުގެ އެއްވެސް މެޗެއް ފަސޭހަކޮށް ނުނަގާނެކަމަށާއި ހުރިހާ މެޗެއްވެސް ނަގާނީ ސީރިއަސްކޮށް ކަމަށެވެ.

ލާއޯސް ކޯޗު ބުނީ ރާއްޖެއަކީ ރީތި ގައުމެއް ކަމަށާއި ކުޅުންތެރިން ތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި ގްރޫޕްގެ އެހެން ޓީމްތަކަށް ވުރެ ކުޅުންތެރިންގެ އިސްކޮޅު ކުޑަ ކަމަށާއި ފަހަރުގައި އެއީ ޓީމަށް ޑިސްއެޑްވާންޓޭޖަކަށް ވެދާނެކަމަށެވެ.

އަދި އެޓީމަކީ އަލަށް މުބާރާތް ކޮލިފައިވި ޓީމަކަށްވިޔަސް އުއްމީދަކީ ގްރޫޮޕުން އެއްވަނަ ހޯދައި މުބާރާތް ކާމިޔާބްކޮށް އަންނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭޝިއަން ކަޕުން ޖާގަ ހޯދުން ކަމަށވެ.

މުބާރާތަށް ތައްޔާރު ވުމާއި ގުޅޭ ގޮތުން އަފްޢާން ޓީމް ކޯޗު ބުނީ ތަޖަކިސްތާނާއި އެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅެ ޓީމް އޮތީ މުބާރާތަށް ފުރިހަމައަށް ތައްޔާރު ވެފައިކަަމަށެވެ. އަދި އޭނާ ޓީމާއި ހަވާލުވެފައިވަނީ މި މުބާރާތުގެ ތިން މެޗަށް ކަމަށެވެ.

ތުރުކަމަނިސްތާން ކޯޗު ބުނީ އެޓީމްވެސް އޮތީ މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.