Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ޒެލެންސްކީގެ މެސެޖް ދައްކަން ފީފާ ދެކޮޅު

ފީފާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ޔުކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ހާއްސަ މެސެޖެއް ދައްކަން ފީފާ އިން ދެކޮޅު ހަދައިފި އެވެ.

ޔުކްރޭންގެ ރައީސްގެ އޮފީހުން "ސީއެންއެން" އަށް ފޮނުވި ބަޔާނެއްގައި ބުނީ ޒެލެންސްކީގެ މެސެޖް ރިކޯޑުކޮށްފައިވަނީ އިނގިރޭސިން ކަމަށާއި އެ މެސެޖުގައި ޒެލެންސްކީ ގޮވާލުމަށް ހަމަޖެހިފައިވަނީ ސުލްހަ އަށް ކަމަށެވެ. މިއީ ފައިނަލް މެޗުގެ ކުރިން ދައްކަން މަސައްކަތް ކުރި ވީޑިއޯ މެސެޖެެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ޒެލެންސްކީގެ އިސްނެގުމަށް ގަތަރުން ތާއީދުކުރި އެވެ. ނަމަވެސް ފީފާ އިން އެކަމަށް ހުރަސް އަޅާފައިވާ ކަމަށާއި ފީފާ އިން އެކަމަށް ހުއްދަ ނުދިނީ ޒެލެންސްކީގެ މެސެޖް މާ ސިޔާސީ ކަމަށް ބުނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އަދި ފީފާ އަށް ހެދުނު ގޯސް ރަނގަޅު ކުރަން އަދިވެސް ވަގުތު އެބައޮތް ކަމަށްވެސް ބުނެފައިވެ އެވެ.

"ސުލްހައިގެ ބަސްތަކަށް ފީފާ ބިރުގަނެގެން ނުވާނެ." އެ ބަޔާނުގައިވެ އެވެ.

މިކަމާ ގުޅޭގޮތުން ފީފާ އަދި މުބާރާތް އިންތިޒާމު ކުރާ ގަތަރުން ވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރަޝިއާ އިން ޔޫކްރެއިނަށް އަރައި، ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ފީފާ އިން ވަނީ ވޯލްޑް ކަޕަށް ކޮލިފައިވާން ޔޫރަޕްގެ މެދުގައި ކުޅުނު ޕްލޭއޮފް ބުރުން ރަޝިއާ ބޭރުކޮށްލައި އެގައުމާ މެދު ފިޔަވަޅުތަކެއް އަޅާފަ އެވެ.