ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
ޕީޕިން މޫންއިން ބުނި ގޮތުގައި މި ފިލްމަކީ 2014 ގެ ފްރާންސް/ބެލްޖިއަމްގެ ކާމިޔާބު ކޮމެޑީ ޑްރާމާ "ލަ ފެމިލީ ބެލިއާ" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. އޭގައި ކިޔައި ދިނީ އާއިލާއެއްގައި ތިބޭ މަންމަނު އަދި ބީރު ބަޔަކާ އިޝާރާތުގެ ބަހުރުވައިން ވާހަކަ ދައްކަން ޖެހިފައިވާ 16 އަހަރުގެ އަންހެން ކުއްޖެއްގެ ލަވަކިޔުމުގެ ހުނަރު ހުރިކަން އޭނަގެ ޓީޗަރަށް ފާހަގަކުރެވިގެން އެ އެ ކުއްޖާ ލައްވައި އެ ހުނަރު ތަރައްގީކުރުވަން ކުރާ މަސައްކަތެވެ.
View this post on Instagram
ޕީޕިން މޫން އިން ބުނި ގޮތުގައި ވިކާސް މިހާރު އަންނަނީ ފިލްމުގެ ސްކްރީމްޕްލޭގެ މަސައްކަތްކުރަމުންނެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އޭގެ ޝޫޓީން ފަށާނެ އެވެ. ކަންގަނާ ރަނާވަތުގެ "ކްއީން" "އާއި ރިތިކް ރޯޝަންގެ "ސުޕަ 30" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ވިކާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮކްޓޯބަރުގައި ރިލީޒްކުރި "ގުޑް ބާއި" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ޖުލައި 21 އަށް ތާވަލުކޮށްފައިވާ ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އެވެ.

އަލިޒޭ ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ދެކެވެނީ 2019 އިން ފެށިގެންނެވެ. އޭނަ އަކީ ސަލްމާންގެ ކޮއްކޮ އަލްވިރާ އަގްނިހޯތުރީ އާއި ކުރީގެ އެކްޓަރު އަދި މިހާރުގެ ޕްރޮޑިއުސަރު ވިވެކް އަގްނިހޯތުރީގެ ދަރިއެކެވެ. އަލިޒޭ މިދިޔަ އަހަރު ގަހަނާ ބްރޭންޑެއްގެ އިޝްތިހާރަކުން ފެނިފައިވެ އެވެ.
View this post on Instagram
އޭނަ މިހާރު އަލަތު ފިލްމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ މަނޯޖް ބަޖްޕާއީގެ ވެބް ސީރީޒް "ބުދިއާ ސިންގް: ބޯން ޓު ރަން" ގެ ޑައިރެކްޓަރު ސޯމެންދުރަ ޕާދީ ޑައިރެކްޓްކުރާ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އަލިޒޭގެ ފުރަތަމަ ފިލްމަކީ ތައިލޭންޑްގެ 2017 ގެ ހައަސްޓް ތުރިލާ "ބޭޑް ޖީނިއަސް" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.