ފެމިލީ ކޯޓުވެސް ރިސެސްއަށް ގޮސްފިއެވެ.
އެ ކޯޓުން ބުނެފައިވަނީ ޑިސެމްބަރު 16 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
މިއީ ފެމިލީ ކޯޓު މިއަހަރުގައި ރިސެސްއަށްދާ ދެވަނަ ފަހަރެވެ.
ފެމިލީ ކޯޓުން ބުނެފައިވަނި ރިސެސްގެ މުއްދަތުގައި މައްސަލަތައް ހިންގުން މަދުކުރެވޭނެ ކަމަށެވެ. ނަމަވެސް ފޯމު ބަލައިގަތުމާއި ކައިވެނި ކޮށްދިނުމުގެ އިތުރުން އިދާރީ ކަންކަން މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
މީގެއިތުރުން ފެމިލީ ކޯޓުން ބުނެފައިވަނީ ރިސެސްގެ މުއްދަތުގައި ކޯޓުގެ ގާޒީންނާއި މުވައްޒަފުންނަށް ތަފާތު ތަމުރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.