އިޓަލީގެ އައު ޤައުމީ އެއާލައިން އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއާވޭސް، (އައިޓީއޭ) ރާއްޖެއާ ދެމެދު ސީދާ ދަތުރުތަށް ފަށައިފި އެވެ.
އައިޓީއޭ އިން ދަތުރުތައް ފެށީ ރޯމްގެ ފިއުމިންޗީނޯ އެއާޕޯޓާއި ވެލާނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ. މިއަދު ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައިވާ އިރު، މި ފްލައިޓުން 300 ފަސިންޖަރުން ރާއްްޖެ އައިސްފައިވެ އެވެ. އައީޓީއޭ އިން ރާއްޖެއަ ށް އައި ފުރަތަމަ އެއާބަސް އޭ-350 900 މަރުކާގެ ބޯޓެކެވެ. މި ބޯޓަށް ވެލާނާ އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ވޯޓާ ސެލިއުޓަކާ އެކީގަ އެވެ.
އައީޓީއޭއިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މި ބޯޓަކީ، 301 އިކޮނޮމީ ޖާގަ އަދި 33 ބިޒްނަސް ކްލާސް ޖާގަ ހިމެނޭ 334 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭ ބޯޓެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އައިޓީއޭއިން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެ އެވެ.
އައިޓީއޭ އިން ރާއްޖެ އަށް ދަތުރުފެށިއިރު، ދުނިޔޭގެ 6 ސަރަހައްދަކުން 21 ޤައުމަކަށް ސީދާ ދަތުރު ކުރާ އެއާލައިނެކެވެ. އަދި އިތުރު 29 އެއާލައިނަކާ އެކީ އައިޓީއޭ އިން ކޯޑު ޝެއާ ކުރާއިރު މިއިީ ދުނިޔޭގެ އިތުރު ސަރަހައްދުތަކުން ރާއްޖެ އަށް ފަތުރުވެރިން ގެނައުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އައިޓީއޭގެ ދަތުރުތަކެއް ފެށި އިރު، އިޓަލީގެ ކުރީގެ ޤައުމީ އެއާލައިން އެއާ އިޓާލިއާއިން ވެސް ރާއްޖެއަށް 2017 އިން ފެށިގެން ސީދާ ދަތުރުތައް ކުރި އެވެ.