ރޭ ގަތަރުގައި ނިންމައިލި ވޯލްޑް ކަޕްގެ ޓްރޮޕީ ދައްކައިލަން ލިބުނު ދައުވަތާ އެކީ ބޮލީވުޑްގެ ބަތަލާ ދީޕިކާ ވެސް ތާރީހުގެ ތެރެއިން ހާއްސަ ޖާގައެއް ހޯދައިފި އެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޓްރޮފީ ދައްކައިލަން ބޮލީވުޑްގެ ބަތަލާއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
އެގޮތުން ރޭ ދޯހާގެ ލުސައިން ސްޓޭޑިއަމްގައި އާޖެންޓީނާ އާއި ފްރާންސް ނުކުތް ފައިނަލް މެޗްގެ ކުރިން ދީޕިކާއާ އެކީ ޓްރޮފީ ދައްކައިލަން ބައިވެރިވީ ސްޕެއިންގެ ކުރީގެ ކީޕަރު އަދި ކެޕްޓަން އީކާ ކަސިލަސް އެވެ.
ޓްރޮފީ ދައްކައިލަން ދީޕިކާ ބައިވެރިވުމުން އެކަން އިންޑިއާ ބޮޑު ޝަރަފެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ބައެއް ފޭނުން ވަނީ ދީޕިކާ ހެދުން އެޅި ގޮތާ މެދު ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
😍🏆Deepika Padukone unveiled the official FIFA World Cup Qatar 2022™️ Trophy at the Lusail Stadium before the World Cup finals!
📹: AlKass #ILoveQatar #Qatar #Qatar2022 #WorldCupQatar2022 #deepikapadukone @deepikapadukone pic.twitter.com/PVQcMy0F8A— ILoveQatar – Live (@ILQLive) December 18, 2022
ހަފުލާގައި މަޝްހޫރު ލުއީ ވިޓޯންގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ބަތަލާ ފެނުނީ އާންމުކޮށް އޭނަ ހެދުން އަޅާ ގޮތަށް ވަރަށް ތަފާތުކޮށް އަދި "ވަރަށް ނުގުޅޭ" ކަހަލަ ގޮތަކަށް ހެދުން އަޅާގައި ހުއްޓަ އެވެ. އެގޮތުން ހުދު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ސްކާޓެއް ލައިގެން ހުރި އިރު، ގަމީހުހެ މަތިން މުށި ކުލަ އާއި ކަޅު ކުލައިގެ ލެދަރު ޖެކެޓެއް ބޭނުންކޮށްފައިވެ އެވެ.
މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 25 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ "ޕަތާން" އެވެ.
ރޭ ކުޅުނު ވޯލްޑް ކަޕްގެ ފޯރިގަދަ ފައިނަލް މެޗް 4-2 އިން ފްރާންސް ބަލިކުރުމަށް ތަށި އުފުލީ އާޖެންޓީނާ އެވެ.