Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ތައި ނޭވީގެ އުޅަނދެއް އަޑިއަށް ހިނގައްޖެ

ތައިލޭންޑް ނޭވީގެ އުޅަނދެއް ތޫފާނެއްގައި ރޭ އަޑިއަށް ގޮސް އޭަގއި ތިބި ފަޅުވެރިން ހާލުގައި ޖެހުމާ ގުޅިގެން އެ މީހުންނަށް އެހީތެރިމަން ފޯރުކޮށް ދޭން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ 106 ފަޅުވެރިންނާ އެކީ ދަތުރުކުރަމުން ދަނިކޮށް، ތޫފާނަކާ ޖެހި، އަރިއަޅާލައި ދިޔަވެ، އުޅަނދު އަޑިއަށް ދިޔައީ ތައިލޭންޑްގެ އެތެވަރީގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އަސްކަަރިއްޔާގެ ތިން ބޯޓަކާއި ހެލިކިޮޕްޓަރުތަކެއް އެ ސަރަހައްދަށް ފޮނުވައި އުޅަނދުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަަސައްކަތް ވަނީ ފަށައިފަ އެވެ.

އެގޮތުން މިހާތަނަށް 78 ފަޅުވެރި އަކު ސަލާމަތްކޮށްފައިވާ އިރު އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައެއް ނުވެ އެވެ. ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯއެއް ތައިލޭންޑްގެ ނޭވީން ޓްވިޓާގައި އާންމުކޮށްފައިވެ އެވެ.

ބާކީ ތިބި 28 ފަޅުވެރިން ސަލާމަތްކުރިމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.