Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އިލޮން ޓްވިޓާގެ ސީއީއޯގެ މަގާމު ދޫކޮށްލާނެ!

ޓްވިޓާގެ މިހާރުގެ ވެރިޔާ މަހުޖަނު އީލޮން މަސްކަށް އެ ކުންފުނީގެ ސީއީއޯގެ އެ މަގާމު އެހާ މުހިއްމު ނޫން ކަމަށް ވިދާޅުވެއްޖެ އެވެ.

އެހެންވެ އޭނަ އިއްޔެ އެކަމާ ގުޅޭ ގޮތުން ގިނަ ޓްވީޓްތަކެއް ކުރައްވައި، ސީއީއޯގެ މަގާމުގައި ހުންނަން އާންމުންނަށް ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ވަނީ ޕޯލަކަށް ވެސް ހުޅުވާލައިފަ އެވެ. އީލޮން ވިދާޅުވީ އެ ޕޯލްގެ ނަތީޖާ އަށް އަށް ބިނާކޮށް އޭނަ ސީއީއޯގެ މަގާމުގައި ހުންނެވުމާއި ނުހުންނެވުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ޕޯލުގައި މިހާތަނަށް 13 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު، އެ ނިންމައިލަން މިހާރު އޮތީ ހަތަރު ގަޑިއެއްހާ އިރެވެ.

މިހާރު ދުނިޔޭގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމަށް މިދިޔަ ހަފުތާގައި ވެއްޓުނު އީލޮން ޓްވިޓާ ބައްލަވައިގަތީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. އެއީ 44 ބިލިއަން ޑޮލަރަށެވެ.

ޓްވިޓާގެ މިލްކުކުރެއްވުމަށް ފަހު ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެސް ވެރިޔާ ވަނީ އޭގެ އެތައް އުސޫލުތަކަކަށް ބަދަލުތަކެއް ގެންނަވައިފަ އެވެ.