Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

އެމްޕީއެލްގެ "ޕޯޓް ސޭފްޓީ ވީކް" ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން"ޕޯޓް ސޭފްޓީ ވީކް"ގެ ނަމުގައި އެމްޕީއެލްއިން ހަރަކާތެއް މިއަދު ފަށައިފި އެވެ.

ހެނދުނު އެމްޕީއެލްގެ ޕޯޓް ސަރަަހައްދުގައި ބޭއްވިރަސްމިއްޔާތެއްގައި އެ ހަރަކާތް ފައްޓަވައި ދެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.

އެމްޕީއެލުން ބުބި ގޮތުގައި މާލޭގެ އިތުރުން އެ ކުންފުނީގެ ދަށުން އަތޮޅު ތެރޭގައި ވެސް ހިންގަމުން އަންނަ ޕޯޓްތަކުގައި "ޕޯޓް ސޭފްޓީ ވީކް" ކުރިއަށް ދާނީ މިއަދުން ފެށިގެން ހަފުތާއެއްގެ ނިޔަލަށެވެ. މިއީ މިކަން ކުރިއަށް ގެންދާ ތިން ވަނަ ފަހަރެވެ.

އެމްޕީއެލްއިން ޕޯޓް ސޭފްޓީ ވީކް ފެށީ 2019 ވަނަ އަހަރު އެވެ. އަދި މިއީ އެ ހަރަކާތް ކުރިއަށް ގެންދާ ތިންވަނަ އަހަރެވެ.

ޝާހިދު ވިދާޅުވި ގޮތުގައި "ޕޯޓް ސޭފްޓީ ވީކް" ގެ ތެެރެއިން މި ފަހަރު ބޮޑު ފޯރަމެއް ވެސް ބާއްވާނެ އެވެ. މީގެ އިތުރުން ބަނދަރުތަކުގެ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަމުގައި ޕްރޮގްރާމްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ވެސް މި ކުރިއަށް ގެންދާނެ އެވެ.

"މި އަހަރުގެ ހަރަކާތްތަކުގައި ގިނަ މުވައްޒަފުންތަކެއް ބައިވެރިވާނެ." ޝާހިދު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެމްޕީއެލްގެ ސޭފްޓީ ޑިޕާޓްމަންޓްގައި ގިނަ ދުވަހު މަސައްްކަތް ކުރި މުވައްޒަފުންނަށް ހަނދާނީ ލިޔުން ވެސް ދީފަ އެވެ.