ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށް ދޭން ފަށައިފި އެވެ.
އެތަނުން ދާދި ދެންމެއަކު ބުނީ މާލޭގެ ވެސްޓް ޕާކާއ ދިމާ ބޭރުން ދޯންޏެއް ބަންޑުން ޖަހާލައިގެން އެ ދޯންޏައް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓް-113 މިހާތު ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
ނަމަވެސް މި ހާދިސާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.