Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

އެސްޓީއޯގެ އަހަރީ ދުވަހާ ދިމާކޮށް ޕްރޮމޯޝަނެއް

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން 58 ނަސީބުވެރިން ހޮވާ ހާއްސަ ދެ ޕްރޮމޯޝަނެއް އެކުންފުނިން ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެސްޓީއޯއިން ދެ ޕްރޮމޯޝަނެއް ގެންދާނެއެވެ. އެއީ ސޯޝަލް މީޑިއާގައި ގެންދާ ޕްރޮމޯޝަނަކާއި އެސްޓީއޯ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މިއިން ކޮންމެ ޕްރޮމޯޝަނަކުންވެސް 58 ނަސީބުވެރިއަކު ހޮވާނެ ކަމަށް އެކުންފުނިން ހާމަ ކުރެއެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓިއޯގެ 58 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެސްޓިއޯ ފިހާރަތަކުގައި ހާއްސަ އެއްދުވަހުގެ ސޭލްއެއް ކުރިއަށް ގެންދާނެއެވެ. މި ސޭލް ކުރިއަށް ދާނީ ޑިސެމްބަރު 20 ވާ އަނގާރަ ދުވަހު އެސްޓީއޯ ޕީޕަލް ޗޮއިސް ފިހާރަގައި، މަކިޓާ ޝޯވް ރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން އަދި އެސްޓީއޯގެ ރީޖަނަލް ފިހަރާތަކުގައެވެ. މި ފިހާރަތަކުން މާދަމާ ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާއިރު ގުރުއަތުން ހޮވޭ 58 ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހޭމްޕަރެއް ލިބޭނެ ކަމަށް އެސްޓިއޯއިން ބުނެއެވެ.

އެކުންފުނިން މީގެ ކުރީންވެސް އެއް ދުވަހުގެ ސޭލް ކުރިއަށް ގެންގޮސްފައިވާއިރު ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހާއި ގުޅުވައިގައި 'އެސްޓީއޯ އަށުވަންނަ' ނަމުގައި ސޯޝަލް މީޑިއާ ކެމްޕެއިނެއްވެއް 'ސޯސަލް' އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިގޮތުން 5 ދުވަހުގެ މުއްދަތަށް އިންސްޓްގްރާމުގައި ކުރިއަށް ގެންދާ މި ކެމްޕެއިނުގައި ކޮންމެ ދުވަހަކުވެސް އެސްޓީއޯއާއި ގުޅޭ ސުވާލެއް ކުރެވޭނެއެވެ. ޖަވާބު ކޮމެންޓު ކުރައްވައި އެސްޓީއޯގެ އިންސްޓްގްރާމް ފޮލޯ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ސުވާލަށް ޖަވާބު ދިމާ ކުރާ ފަރާތްތަކުގެ ތެރެއިން 58 ފަރާތެއް ގުރުއަތުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިފަރާތަކަށް ވެސް ގިފްޓް ހޭމްޕަރ ލިބިގެން ދާނެއެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އުފައްދާފައިވަނީ 1964 ވަނަ އަހަރުއެވެ. އޭރު އަތިރީ މާފަންނު ޓްރޭޑިންގް އެކައުންޓު ނަމުގައި އުފެއްދި ކުންފުނީގެ ނަން އެސްޓީއޯއަށް ބަދަލުކުރީ 1979 ވަނަ އަހަރުއެވެ.