Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޕޫމާ ދެކެ އަނުޝްކާ ހިތްހަމަނުޖެހިއްޖެ

ކުޅިވަރުގެ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ޖަރުމަންގެ ޕޫމާ އިން ހުއްދަ ނެތި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ފޮޓޯ ޕްރޮމޯޝަނަށް ބޭނުން ކުރާތީ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ޕޫމާ އުފެއްދުންތަކެއް ލައިގެން ނަގާފައިވާ ފޮޓޯތަކެއް ޕޫމާ އިންޑިއާގެ ޕްރޮމޯޝްނަތަކަށް ބޭނުންކުރާތީ އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ޕޯސްޓެއްގަައި އަނުޝްކާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އޭގައި އޭނަ ބުނީ ފޮޓޯ ބޭނުން ކުރާ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ގަބޫލުކުރަން ވެސް ޖެހޭ ކަމަށެވެ.

"އަނެއްކޮޅުން އަހަންނަކީ ޕޫމާގެ ބްރޭންޑް އެމްބެސެޑަރެއް ވެސް ނޫން. އެހެންވެ ބޭނުންކޮށްފައިވާ އަހަރެންގެ ފޮޓޯތައް ނަގާ." ޕޫމާ އިންޑިއާ ޓެގްކޮށް އަނުޝްކާ ބުންޏެވެ.

ނަމަވެސް އަދިވެސް ޕޫމާ އިންޑިއާގެ އިންސްޓަގްރާމްގައި އަނުޝްކާގެ ފޮޓޯތަކެއް އެބަހުއްޓެވެ.

 

View this post on Instagram

 

A post shared by PUMA India (@pumaindia)

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 34 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 1 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި ފިލްމު "ގަލާ" ގެ ހާއްސަ ފެނިލުމަކުންނެވެ. ދެހާސް އަށާރައިގެ "ޒީރޯ" އަށް ފަހު އަނުޝްކާ އެނބުރި އަންނަން އޮތް ފިލްމަކީ ކްރިކެޓް ފިލްމެއް ކަމަށްވާ "ޗަކްދާ އެކްސްޕްރެސް" އެވެ.