Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ނަޝީދު ވެރިކަމަށް ގެނައުމަކީ ގެއްލުމެއް: ޒައިދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ރާއްޖޭގެ ވެރިކަމަށް އަލުން ގެނައުމަކީ ދިވެހިންނަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން އެ ޕާޓީން އަންނަ މަހު ބާއްވާ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަން ނިންމަވާފައިވާތީ އެކަމާ ގުޅުވައިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ފައިދާ އަށް ވުރެ ގެއްލުންތައް މާ ބޮޑަށް ވެސް ފެނިގެން ދިޔަ ކަމަށެވެ.

"މަދު ރަނގަޅުކަމެއް ނުކުރައްވައޭ ނުދަންނަވަން. ނަމަވެސް އޭރު ވެސް ފައިދާއަށް ވުރެ ގެއްލުން މާ ބޮޑަށް ވެސް ބޮޑުވި ތަން އެންމެން ދުށީމު. ލައްކަ ކަންތައްތަކާ ރައްޔިތުން އޭރު ކުރިމަތިލާން ޖެހުނު." އޭނާ ވިދާޅުވި އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގެން ދައުރު ހަމަނުވަނީސް ފެބްރުއަރީ 7، 2012 ގައި އަމިއްލަ އަށް އިސްތިއުފާ ވެސް ދެއްވި އެވެ. ނަމަވެސް ފަހުން ވިދާޅުވެފައި ވަނީ ބަޣާވާތަކުން ބަޔަކު ވެރިކަން ވައްޓައިލީ ކަމަށެވެ.

ނަަޝީދާ ގުޅޭ ގޮތުން ޒައިދު ކުރެއްވި ޓްވީޓާ ވިއްދައިގެން ނަޝީދަށް އަބަދު ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރާދަކުރެއްވިއްޔާ ދެވަނަ ފަހަރަށް ވެރިކަމަށް އައުމުގެ ފުރުސަތެއް ނަޝީދަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. ދާދި ފަހުން އިޔާޒް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ނަޝީދަކީ ކެންޑިޑޭޓްކަން ދޭން ހެޔޮވާ ވަރުގެ ބޭފުޅެއް ވެސް ނޫން ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ގަ އެވެ. ޕްރައިމަރީގައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވާދަކުރައްވަ އެވެ.