Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

15 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދަނީ

ރާއްޖޭގެ އެކި ހިސާބުތަކުގެ މެޖިސްޓްރޭޓް ކޯޓްތަކަށް ފަނޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

އެތަނުން ބުނީ މިއަދފު އެ މަގާމުތަކަށް ޝައުގުވެރިވާ ފަނޑިޔާރުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މެޖިސްޓްރޭޓް ކޯޓްތަކަށް އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި އިރު، އެ މަގާމުތަކުގެ އަސާސީ މުސާރަ އަކީ މަހަކު 21،000ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސާއި ފޯނު އެލަވަންސްގެ އިތުރުން މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.

އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި ކޯޓްތަކަކީ ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓް ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓް، ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓް، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް، ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓް، ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓް، ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓް، އއ. މާޅޮސް މެޖިސްޓްރޭޓް ކޯޓް، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓް، މ. މުލައް މެޖިސްޓްރޭޓް، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް، ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓް، ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓް، ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް އަދި ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓެވެ.