Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އައްޑޫގައި ދުވަސްވީ މީހުންނަށް ވިލެޖެއް ހަދަނީ

މީދޫގައި ދާދި ފަހުން ދުވަސްވީ މީހުންނަށް ބޭއްވި ހަރަކާތެއްގެ ތެރެއިން. ފޮޓޯ/ މީދޫ އަވަށު އޮފީސް

އައްޑޫގައި ދުވަސްވީ މީހުންނަށް ހާއްސަ ވިލެޖެއް ހަދަން ނިންމައި އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ޖެންޑަ މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އެލްޑަ ވިލެޖް ޑިޒައިން، ބިލްޑް އެންޑް ފައިނޭންސް އުސޫލުން ހަދައިދޭން ދޭން ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެތަން ހަދައި ހިންގަން ހަމަޖެހިފައި ވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުންނެވެ.

ޖެންޑަ މިިނިސްޓްރީން ބުނެފައިވާ ގޮތުގައި އައްޑޫގައި ހަދަން ނިންމާފައިވާ އެލްޑަލީ ވިލެޖް ވާނީ ދުވަސްވީ މީހުންނަށް ބޭނުންވާނެ ވަރަށް ކަންކަން އިންތިޒާމުވެފައި ހުންނާނެ އަދި އެ މީހުންނަށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށް ދޭނެ އެތައް ކަމެއް އެކުލެވޭނެ ތަނަކަށެވެ.