Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ބީވީމާ" ގެ ޓްރެއިލާ 26 ގައި

އޮލިމްޕަސް ސިނަމާގައި ފިލްމެއް ނާޅުވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އަންނަ އަހަރުގެ ފެބްރުއަރީ އަށް ތާވަލުކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ބީވީމާ" ގެ ޓްރެއިލާ މި މަހުގެ 26 ގައި އާންމުކުރަން ނިންމައިފި އެވެ.

އެ ސްޓޫޑިއޯ އިން އެ ބުނީ ތާރީހުގައި ފިލްމުގެ ރަސްމީ ޕޯސްޓަރު ވެސް ދައްކައިލާނެ ކަމަށެވެ. "ބީވީމާ" އަކީ އޮލިމްޕަހުގައި އެންމެ ފަހުން އެޅުވި 2020 ގެ "އަނދިރިކަން" ގެ ސްކްރީން ރައިޓަރު އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކޮށްފައިވާ ޑްރާމާ ފިލްމެކެވެ. މި އޮލިމްޕަހަށް ގެންނަން ނިންމާފައި ވަނީ ފެބްރުއަރީ 6 ގަ އެވެ.

"ބީވީމާ" އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ އަލަތު ފިލްމެވެ. މީގެ ކާސްޓްގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) ވެސް ހިމެނެ އެވެ.

"ބީވީމާ" ގެ ޓްރެއިލާ އާއި ޕޯސްޓަރު އާންމުކުރަން ތައްޔާރުވަމުން އަންނަ އިރު، ކުރިން މީގެ ކެރެކްޓާތަކުގެ ވަކިވަކި ޕޯސްޓަރުތަކާއި ޓީޒާއެއް ވެސް ދައްކާލާފައިވެ އެވެ.

ޑާކް ރެއިނުން އެންމެ ފަހުން އޮލިމްޕަހުގައި އެޅުވިި ފިލްމަކީ 2019 ގެ "މާމުއި" އެވެ.

އެ ސްޓޫޑިއޯގެ "ބީވީމާ" އަޅުވަން ތާރީހު އިއުލާންކުރި އިރު، އެތަނުގެ އިތުރު ތިން ފިލްމެއް ވެސް ބެލުންތެރިންނަށް ގެނެސްދޭން އެބަ އޮތެވެ. އެއީ "ނޮވެމްބާ" އާއި "ހިނދުކޮޅެއް" އަދި "ބަޅިނދު" އެވެ.